Last Updated: July 6, 17:47
Monday, July 6, 2026
ޚަބަރު

ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓް އަތުލައިގެންފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާއި އެ ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.