Last Updated: July 6, 17:47
Monday, July 6, 2026
ޚަބަރު

ވެލާނާ އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

މިރޭ 12:00 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓްޑް (އެމްއޭސީއެލް) އިން ނެރުނު އިއުލާނެއްގައި ބުނީ މިރޭ 12:00 އިން ފެށިގެން އުޅަނދުތަކަށް އެއާޕޯޓަށް ވަދެވޭނީ އެއާޕޯޓުގެ ބޭރު މަގުން ކަމަށެވެ.

އެއާޕޯޓަށް މީހުން ގޮވައިން އަންނަ އުޅަނދުތައް، ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.

އެއާޕޯޓް ޓާމިނަލް އެކެެއް އަދި އެއާޕޯޓް ޓާމިނަލް ދޭއްކަށް މީހުން ގޮވައިގެން އަންނަ ވެހިކަތައް އެއާޕޯޓުން ނުކުތުމަށް ޓާމިނަލް 1 ކުރިމަތީގައި އޮންނަ މަގު ބޭނުން ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެއިތުރުން ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ އުޅަނދުތައް ޕާކިން ސަރަަހައްދު ކުރިމައްޗަށް އޮންނަ މަގުގެ ކަނާތް ފަޅި ބޭނުން ކުރުމަށް އަންގާފައިވެ އެވެ.