Last Updated: July 6, 17:47
Monday, July 6, 2026
ޚަބަރު

ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށައިފި

އާރުޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށައިފި އެވެ.

އެ ހިދުމަތް އިފްތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ވެރިކަން ކުރާ ވޭމަންޑޫއަށް މިރޭ ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އާންމުކޮށް އާރުޓީއެލްގެ ހިދުމަތް އަތޮޅެއްގައި ފަށާ ފުރަތަމަ ހަފުތާ ދަތުރުކުރަން ހިލޭ ލިބެ އެވެ.

އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން މިހާރު އާރްޓީއެލްގެ ފެރީގެ ހިދުމަތް 11 އަށްވުރެ ގިނަ އަތޮޅުގައި އަންނަނީ ދެމުންނެވެ.

ދެހާސް ބާވީހުގައި ފެށި އާރްޓީއެލްގެ ދަށުން ފެރީ ހިދުމަތުގެ އިތުރުން ބައެއް ސަރަހައްދުތަކަށް އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.