ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކޮށް، 90 ދުވަހަށް އެ ގައުމުގައި ތިބެވޭ ގޮތަށް އެ ގައުމާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވުނު ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.