Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ހިރިލަންދޫ އާ މިސްކިތުގެ ބިންގާ އަޅައިފި

ތ. ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

އެ މިސްކިތުގެ ބިންގާ އެޅީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހިރިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތއްގަ އެވެ.

މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ހިރިލަންދޫގައި އިމާރާތްލުރާ އާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް ނިމޭ އިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީކޮށް، މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހިމެނޭނެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ފެނަކަ ކުންފުންޏެވެ.