Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހަދަނީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ތ. ވޭމަންޑޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ބާކީ ދުވަސްތަކުގަ އާއި ދެން އޮތް ތިން އަހަރަށް އެއްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްތަކުގައި ގޮފިތައް ގާއިމުކުރަނީ އެ ރަށެއްގެ އަބާދީ އާއި ބިން އޮތް މިންވަރާއި އަދި ވަސީލަތްތައް ހުރި ވަރުން ކަމަށެވެ. އަދި އެކި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް އަޅަމުންދާކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ މަޝްރޫއުތައް ވެސްކުރިއަށް އޮތް ތަނުގައި ގިނަ ރަށްތަކުގައި ކުރިއަށް ދާނެ ކަމަށެވެ.