ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި އެވެ.
އެ އަތޮޅުތަކަކީ ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވީ އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުކުހުންހެ ޚިދުމަތް ގާއިމުވެގެން ދިއުމަކީ، ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށް މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށް ދިނުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް ފެއްޓުމާއެކު ބަލާނީ އަވަށްޓެރި ފުލުހުންގެ ނަޒަރަކުން އަވަށްޓެރި ފުލުހުންގެ މަސައްކަތާއެކު ފުޅާވެގެން ދިއުން،" އޭނަ ވިދާޅުވި އެވެ. "އަދި ތަހުގީގު ކުރުމާއި އެ ހުރިހާ ކަމެއްވެސް ދާނީ އެ ގޮތަށް."
ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރެވިފައި ވާ އަތޮޅު ތަކުގެ ތެރޭގައި ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅު ހިމެނޭ. pic.twitter.com/p77VFplhMX
— Maldives Police (@PoliceMv) September 24, 2025
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ. އެހެންވެ އެ މަސައްކަތުގެ ދަށުން އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރަން އަންނަނީ މަޝްރޫއެެއް ކުރިއަށް ގެންދަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އަންނަނީ ރަށްރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅަމުންނެވެ.