Last Updated: July 24, 10:38
Friday, July 24, 2026
ޚަބަރު

އޭއީއެޗްގެ ސީޓީ ސްކޭން ހިދުމަތް މެދުކެނޑިއްޖެ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީޓީ ސްކޭން ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ހިދުމަތް ހުއްޓުމާ ގުޅިގެން އެ މައްސަލަ ހައްލު ކުރަން އިންޖިނިއަރުންގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ހައްލުވިހާ އަވަހަކަށް އަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ކަމަށް އޭއީއެޗުން ބުންޏެވެ.

ދެހާސް ވިހިން ފެށިގެން ހިދުމަތް ދެމުން އަންނަ އޭއީއެޗަކީ އަތޮޅުތެރޭގެ ހަމައެކަނި ޓާޝަރީ ހޮސްޕިޓަލެވެ.