ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ އާ ފިިލްމު "ދާއިރާ" ގެ ޝޫޓިން މިއަދު ފަށައިފި އެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ކްރައިމް ތުރިލާގެ ބަތަލަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ. މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅެމުން އަންނަ އެކްޓަރުގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ކަރީނާ ދޮންދަރިއެއް ކަމަށްވާ އިބްރާހީމް އަލީ ޚާން (އިގީ) ދެވަނަ ފިލްމު "ސަރްޒަމީން" އެވެ.
ކާޖޮލް ބަތަލާގެ ރޯލު ކުޅުނު އެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޖުލައިގައި ޖިއޯހޮޓްސްޓާ އަށް ގެނެސްދިން ފިލްމެކެވެ.
ކަރީނާ އާއި ޕްރިތުވީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ދާއިރާ" އަކީ ދެ ތަރިން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ އިތުރަށް މެގްނާއާ އެކު ވެސް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ކުރީގެ މަޝްހޫރު ބަތަލާ ރާކީ އާއި މަޝްހޫރު ޅެންވެރިޔާ ގުލްޒާރުގެ ދަރިފުޅު، މެގްނާގެ އެންމެ ފަހުގެ ފިލްމަކީ 2023 ގައި ވިކީ ކޯޝަލާ އެކު ގެނެސްދިން ބައޮގްރަފިކަލް ހަނގުރާމަ ފިިލްމު "ސޭމް ބަހާދޫރް" އެވެ.
އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސިންގަމް އެގެއިން" އެވެ. "ދާއިރާ" އަކީ އޭނަގެ 68 ވަނަ ފިލްމެވެ.