Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

މީޑިއާތަކަށް ދޭ މާލީ އެހީ އަށް މުއްދަތު އިތުރުކޮށްފި

ނޫސްވެރިންގެ މުޒާހަރާގެ ތެރެއިން. ފޮޓޯ/ ސަން

ރަޖިސްޓްރީކޮށްގެންގެން ހިންގަމުން އަންނަ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދޭން ނިންމާފައިވާ މާލީ އެހީ އަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އިންފޮމޭޝަން މިނިސްޓްރީން އޮގަސްޓް މަހުގެ ތެރޭގައި އެ ފުރުސަތު ހުޅުވާލައި އެހީ އަށް އެދުމުގެ ސުންގަޑިއެއްގެ ގޮތުގައި ދީފައި އޮތީ މި މަހުގެ 27 އެވެ. ނަމަވެސް މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 7 އާ ހަމައަށް އިތުރުކޮށްފަ އެވެ.

އެހީ އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ.

މީޑިއާތަކަޑށް ފައިސާ ދޫކުރަން ނިންމާފައި އޮތީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ. ނަމަވެސް މިއަހަރު އެއް ޕޭމަންޓުގެ ގޮތުގައި ފައިސާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ނިންމަވައިފަ އެވެ.