މާލެ ސަރަހައްދުގެ ޕިކްނިން އައިލޭންޑް ކުޑަގިރީގައި އިތުރު 500 ގަސް އިންދައިފި އެވެ.
އެ ގަސްތައް އިންދީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މި މަހު 22-25 އަށް ކުރިއަށް ގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިންނެވެ.
މި ގަސްއިންދުމުގެ ހަރަކާތަކީ ސަރުކާރުން ކުރިއަށް ގެން×ދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަށް ސްކައުޓުންގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ސްކޫލްތަކުގެ ސްކައުޓުންނާއި ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވެފައިވެ އެވެ.
ކުޑަގިރި ފެހިކުރުމުގެ ގޮތުން މީގެ ކުރިން ވެސް އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުން ބައެއް ޖަމިއްޔާތަކުން ވެސް އެ ރަށުގައި ގަަސް އިންދާފައިވެ އެވެ. ކުޑަގިރި އަކީ މިދިޔަ ސަރުކާރުން ހިއްކައިގެން ތަރައްގީކުރި ރަށެކެވެ.
އެ ރަށް މެނޭޖް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުންނެވެ.