Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ފްރާންސްގެ ކުރީގެ ރައީސް ސަކޯޒީ 5 އަހަރަށް

އަމިއްލަ ކެމްޕޭނަށް ވެސް ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރު ގައްޒާފީގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ހޯއްދެވި ކަމަށް ތުހުމަތުކޮށް، ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ހުލުމްކޮށްފި އެވެ.

ސަކޯޒީގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި ގައްޒާފީގެ މޫނުމަތި ރީތިކޮށް ދޭން އޭނަގެ އަތުން އެތައް މިލިއަން ޔޫރޯ އަށް ހޯއްދެވިކަމުގެ ދައުވާ ވެސް ކުރި އެވެ. ނަމަވެސް އެ ދައުވާތަކުން އޭނަ ވަނީ ސަލާމަތްވެފަ ވަނީ އ

ސަކޯޒީ، 70، އަށް ޕެރިސް ކްރިނިމަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ އެކު، 100،000 ޔޫރޯ އިން ޖޫރިމަނާ ވެސްކޮށްފައިވެ އެވެ.

ހުކުމާ ގުޅިގެން ސަކޯޒީ ވިދާޅުވީ އޭނަގެ މައްޗަށް ހިންގީ ސިޔާސީ ކުލަޖެހިފައިވާ ޝަރީއަތެއް ކަމަށާއި އޭނަގެ މައްޗަށް ކުރި ދައުވާތަކުގައި އެއްވެސް އަސާސެއް ވެސް ނެތް ކަމަށެވެ.

ފްރާންސްގެ ރައީސްކަން 2007-2012 އަށް ކުރެއްވި ސަކޯޒީ ވިދާޅުވީ އޭނަ އަކީ މައުސޫމް މީހެއް ކަމަށާއި ނުހައްގުން އިއްވި ހުކުމް އިސްތިއުނާފު ވެސް ކުރައްވާނެ ކަމަށެވެ.

އޭނަގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކުގެ ތަހުގީގު ފެށީ 2013 ގަ އެވެ.