ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
ކަނޑަށް ވެއްޓިގެން ގެއްލިގެން ހޯދަމުންދިޔައީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"ގައި ހުރި އިންޑިއާގެ ރައްޔިތެކެވެ.
އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިއަދު ހޯދާފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.