Last Updated: July 5, 18:12
Sunday, July 5, 2026
ޚަބަރު

ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން އަބްދުﷲ ގާޒީއަށް

ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނީ ފެމެލީ ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ޤާޒީ ޢަބްދުﷲ މުޙައްމަދާ ޙަވާލުކުރުމަށް ކޮމިޝަނުގެ މި އަހަރުގެ 34 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ފެމިލީކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައިކޯޓަށް މިއަދު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީ އެވެ.