Last Updated: July 6, 14:04
Monday, July 6, 2026
ކުޅިވަރު

ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާހު ނިޔާވެއްޖެ

އިބްރާހިމް އިފްރާހް އަރީފް - ފޮޓޯ: މިހާރު

ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް މިރޭ ނިޔާވެއްޖެ އެވެ.

އިފްރާހު ،36، ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު އަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

އިފުރާ ވަނީ މާޒިޔާ، ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.