Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

2026 ގެ ވޯލްޑް ކަޕްގެ މެސްކޮޓްތައް ދައްކާލައިފި

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ މެސްކޮޓްތައް ފީފާ އިން ދައްކާލައިފި އެވެ.

ތިން ގައުމެއްގައި މުބާރާތް ބާއްވަން ހަމަޖެހިފައިވާތީ މެސްކޮޓްތައް ހާއްސަކޮށްފައި ވަނީ އެ ގައުމުތައް ރަމްޒުކޮށްދޭ ގޮތަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް ކުޅެން ނިންމާފައިވާ ތިން ގައުމަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ އެވެ.

މުބާރާތަށް ހާއްސަކުރި މެސްކޮޓްތަކުގެ ތެރޭގައި ހިމެނެނީ ކެނެޑާ ރަމްޒުކޮށްދޭ "މޭޕްލް" އާއި އެމެރިކާ ރަމްޒުކޮށްދޭ "ޒަޔޫ" އަދި މެކްސިކޯ ރަމްޒުކޮށްދޭ "ބޯލްޑް އީގްލް" އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މެސްކޮޓްތަކަކީ މުބާރާތް ބާއްވާ ގައުމުތަކުގެ މެދުގައ އޮންނަ އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހާއި ޖޯޝް ގެނުވައިދޭނެ މެސްކޮޓްތަކެއް ކަމަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޖޫން 11 އިން ޖުލައި 19 އަށެވެ. އެގޮތުން މުބާރާތް ބާއްވާ ތިން ގައުމުގެ 16 ސިޓީއެއްގައި މެޗްތައް ކުޅޭ ގޮތަށް އޮތީ ރާވައިފަ އެވެ.

މުބާރާތުގައި 48 ގައުމަކުން ވާދަކުރާނެ އެވެ.

އެންމެ ފަހުން 2022 ގައި ވޯލްޑް ކަޕް ބޭއްވީ ގަތަރުގަ އެވެ. ބައްތިރީސް ގައުމަކުން ވާދަކުރި މުބާރާތުގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ.