ފިލިޕީންސްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 30 އަހަރުގެ ހުމެއިދު އަހްމަދު އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅޭ ކޮޓަރި ތެރެއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުމެއިދު އަކީ ޑޮކްޓަރުކަން ކިޔަވަން ފިލިޕީންސްއަށް ގޮސް ހުރި ޒުވާނެކެވެ. އަދި ކިޔަވައި ނިމުމަށް ފަހު ރޭ އޭނާ މާލެ އައުމަށް ހަމަޖެހިފައި އޮތް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.