ބޮލީވުޑްގެ ތަރި، ކާތިކް އާރިޔަންއާ އެކު ޑައިރެކްޓަރު ލަވް ރަންޖަން އަނެއްކާ ވެސް ފިލްމެއް ހަދަން ނިންމާފައިވާ ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްްމު ވާނީ އެ މީހުން އެކީގައ މަސައްކަތްކުރާ 5 ވަނަ ފިލްމަށެވެ.
ބޮލީވުޑްގައި ކާތިކްގެ ވިދުން ގަދަކޮށް ފިލްމަކީ ލަވް 2018 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ. ކާތިކާ އެކު ލަވް ގެނެސްދިން ފުރަތަމަ ފިލްމަކީ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އެވެ. އޭފެ ފަހުން 2013 ގައި "އާކާޝް ވާނީ" އަށް ފަހު 2015 ގައި "ޕިޔާރު ކާ ޕަންޗްނާމާ 2" ގެނެސްދީފައިވެ އެވެ.
ލަވްއާ އެކު އެންމެ ފަހުން ކާތިކް މަސައްކަތްކުރީ 2023 ގެ "ތޫ ޖޫޓީ މޭ މައްކާރު" ގަ އެވެ. އެކަމަކު އެ ފިލްމުގައި ހިމެނެނީ އޭނަގެ އެކްސްޓެންޑެޑް ކެމިއޯކެވެ.
"ތޫ ޖޫޓީ މޭ މައްކާރު" ގެ ތަރިިންނަކީ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރެވެ.
ޕިންކްވިލާ އިން ބުނީ ކާތިކް ހިމަނައިގެން ލަވް ހަދަން ނިންމާފައިވާ 5 ވަނަ ފިލްމަކީ ވެސް ރޮމޭންޓިކް ކޮމެޑީއެއް ކަމަށާއި އޭގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ކާމިޔާބު ޑައިރެކްޓް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިއާ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ ތިން ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫގެ ނަން އަދި ހާމަ ނުކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.