رسول الله صّلى الله عليه وسّلم ޙަދީޘްކުރައްވާ 5 ކަމެއް ކުރުމުގެ ސަބަބުން މެދުވެރިވެދާނެ ކަމަށް ޙަދީޘް ކުރައްވާފައިވާ ނަތީޖާ ތިރީގައި އެވަނީ އެވެ.
(1) ބައެއްގެ ތެރޭގައި ފާޙިޝްކަންތައް ފެތުރި ފާޅުގައި އެކަންތައް ކުރަން ފަށައިފި ނަމަ، އެބައިމީހުންގެ ކުރީގެ މީހުންނަށް ކުރިމަތިވެފައި ނުވާ ނުރައްކާތެރި ބޮޑެތި ބަލިތަކާއި ބަނޑުހައިހޫނުކަން އެބައިމީހުންގެ ތެރޭގައި ފެތުރިދާ ހުއްޓެވެ.
(2) މިނެކިރުމުގައި މީސްތަކުން މަކަރު ހަދަން ފަށައިފި ނަމަ، ތަދުމަޑުކަމާއި، ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމާއި، ވެރިންގެ އަނިޔާވެރިކަން އެބައިމީހުންގެ މައްޗަށް ވެރިވެދާ ހުއްޓެވެ.
(3) މީސްތަކުން އެބައިމީހުންގެ މުދަލުން ޒަކާތް ނުދޭން ފަށައިފި ނަމަ، އުޑުން އެބައި މީހުންނަށް ވާރޭވެހުން ބަންދުވެލާ ހުއްޓެވެ. ފަހެ ޖަނަވާރުން ނުވާ ނަމަ އެންމެ ވާރޭކޮޅެއްވެސް ނުޖެހުނީހެވެ.
(4) ﷲ އާއި އެކަލާނގެ ރަސޫލާގެ ޢަހުދު މީސްތަކުން އުވާލައިފި ކަމުގައިވާ ނަމަ، އެހެން ބައެއްގެ ތެރެއިން ދުޝްމަނުންގެ ބަޔަކު އެބައިމީހުންގެ މައްޗަށް ވެރިކުރައްވާފައި ހުއްޓެވެ. ދެން އެމީހުން އެބައި މީހުންގެ މުދާތައް އަތުލައިގަނެފާނެތެވެ.
(5) މީސްތަކުންގެ ވެރިން ﷲގެ ޝަރީޢަތަށް ޙުކުމްކުރުން ދޫކޮށްލައިފި ނަމަ، އެބައި މީހުންގެ ފަރާތުން މުޞީބާތްތައް މީސްތަކުންނަން ޖެހިދާ ހުއްޓެވެ. (ޞަޙީޙުލް ބުޚާރީ)
ނޯޓް: މިއީ ނައިފަރު ޝެއިޚް މުޙައްމަދު އިބްރާހީމްގެ ލިޔުއްވުމެކެވެ.