ނޮވެމްބަރު މަހު ސިނަމާ އަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ލިލީ" ގެ ރަސްމީ ޓީޒާ ދައްކާލައިފި އެވެ.
އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ ޓައިޓްލް ރޯލު ކުޅެފައިވާ މި ފިލްމަކީ މިދިޔަ އަހަރު "މީ އިޝްގް" ގެނެސްދިން ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ އާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން ގެނެސްދޭ "ލިލީ" އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމާފައި އޮތީ ނޮވެމްބަރު 20 ގަ އެވެ.
މީގެ ކާސްޓްގައި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާނާއި އިތުރުން މަރިޔަމް ޝިމާގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ އަހުމަދު ނިމާލާއި އަލީ ފާރޫގާއި އޭނަގެ އަންހެނުން މަރިޔަމް ހަލީމްގެ އިތުރުން އަލަށް ތައާރަފުކުރާ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
"ލިލީ" ގެ ޑައިރެކްޓަރު އަޒްހާނަކީ މަގުބޫލު ސީރީތައް ކަމަށްވާ "ދަރަކަ" އާއި "މިރާއީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.