އަންނަ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއާ ގުޅިގެން މާލޭގެ މަގުތަކުގައި ދަމާފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ ހުއްދަ ނުނަގައި އެކަން ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ބުނެ އެވެ. މިކަމާ ގުޅޭގޮތުން އެމްޑީޕީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ މުޒާހަރާއަށް ތައްޔާރުވާން އެމްޑީޕީން އަންނަނީ މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.
މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރު ހަރުކުރާނަމަ ސިޓީ ކައުންސިލުން ހުއްދަ ހޯދަން ޖެހެ އެވެ.