ރާއްޖެ އާއި ފިލިޕީންސް އާ ދެމެދު، ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކް ގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ހަވާސާގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ފިލިޕީންސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މާރިއާ ތެރޭސާ ޕީ. ލަޒާރޯ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ކުރީއްސުރެ އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދެ ސަރުކާރުގެ މެދުގައި ވެވޭ މުހިންމު އެއްބަސްވުންތަކާއި ވާހަކަތައް ހަރުދަނާކަމާއެކު ތަންފީޒު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި އަދި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ބަދަލުކުރުންތައް އިތުރު ކުރުމަށްވެސް މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.