Last Updated: July 6, 12:04
Monday, July 6, 2026
ޚަބަރު

ޒިންމާދާރުކޮށް އޭއައި ތަންފީޒު ކުރަން ރާއްޖޭން ގޮވާލައިފި

ޒިންމާދާރު ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ގޮވާލައިފި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަޤްވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓް އޮން އާޓިފިޝަލް އިންޓެލިޖެންސް އެންޑް އިންޓަނޭޝަނަލް ޕީސް އެންޑް ސެކިއުރިޓީގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ތަގުރީރު ކުރައްވަމުން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ޕްރޮސެސް ކުރުމުގެ ގާބިލްކަން އެންމެ ކުދި ގައުމުތަކަށް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގާބިލްކަން ހުރި ކަމަށާއި އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ ބޮޑުވުމާއި، ސަވައިލެންސް ކުރުމާއި، އަނިޔާވެރިވުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމާ މެދު ސަމާލުވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

މީގެއިތުރުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސަކީ އެ ގައުމުތަކުގެ ދެމިއޮތުމާއި ކާމިޔާބީ އަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ، މޯލްޑިވްސް 2.0 ގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އީޖާދީ އަދި ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސަކީ ޞުލްޙަވެރިކަމާއި، ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް މެންބަރު ޤައުމުތަކަށް ވަނީ ގޮވާލާފަ އެވެ.