ތ. ގުރައިދޫގެ ހައިޕަބެރިކް ސެންޓަރު ހުޅުވައިފި އެވެ.
ޑައިވްކުރުމުގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން ފަރުވާ ދޭން ގާއިމުކުރި ސެންޓަރު ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސިފައިންގެ މިލިޓަރީ ހޮސްޕިޓަލް ސެނަހިޔާގެ ގޮތްޕެއްގެ ގޮތުގައި ގުރައިދުގައި ހުޅުވި މި ހައިޕަބްރިކް ޗެމްބަރު ސެންޓަރަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބާއެކެވެ.
މި ސެންޓަރުގެ ސަބަބުން، ދިވެހި މަސްވެރިންނަށާއި، ޑައިވަރުންނަށާއި، ފަތުރުވެރިންނަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެ އެވެ.
މިއީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަބެރެކް މެޑިކަލް ޚިދުމަތްދޭ ސެންޓަރެވެ.