ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާ ވެމްޕަޔާއެއްގެ ރޯލު ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ ހޮރޯ "ތާމާ" ގެ ޓްރެއިލާ ދައްކާލައި، ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
މި ފިލްމަކީ ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ ފިލްމުގައި އެ ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކުގެ ތެރޭގައި "އިސްތިރީ" އާއި "ބޭޅިޔާ" އަދި "މުންޖިއާ" ހިމެނެ އެވެ.
އަންނަ މަހުގެ 21 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައިވާ "ތާމާ" އަކީ މިދިޔަ އަަހަރުގެ "މުންޖިއާ" ވެސް ގެނެސްދިން އަދިތިޔާ ސަރްޕޯތުދާރްވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މުންޖިއާ" ގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ. ފިލްމުގެ ކާސްޓްގައި ޕަރޭޝް ރާވަލާއި ނަވާޒުއްދީން ސިއްދީގީ އަދި ސަތިއަރާޖް ހިމެނެ އެވެ. "މުންޖިއާ" ގެ ހާއްސަ ފެނިލުންތަކުން "ބޭޅިޔާ" ގެ ތަރި ވަރޫން ދަވަނާއި "އިސްތިރީ" ގެ ތަރި ޝްރަދާ ކަޕޫރްގެ އިތުރުން އަކްޝޭ ކުމާރު ވެސް ފެންނާނެ އެވެ.
މީގެ އިތުރުން ފިލްމު ދެ އައިޓަމް ލަވައަކުން ނޯރާ ފަތުހީ އާއި މަލައިލާ އަރޯރާ ވެސް ފެންނާނެ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ މެޑޮކް އިން އެންމެ ފަހުން ގެނެސްދިން މިދިޔަ އަހަރު ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރާ އެކު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ޕަރަމް ސުންދަރީ" އެވެ.
"ތާމާ" އަކީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭ ހަ ވަނަ ފިލްމެވެ. ކުރިން ގެނެސްދިން ފިލްމުތަކަކީ "ޕަރަމް ސުންދަރީ" ގެ އިތުރުން "ސްކައި ފޯސް"، "ޗާވާ"، "ބޫލް ޗުކް މާފް" އަދި "ތެހެރާން" އެވެ.
މެޑޮކް އިން މި އަހަރު ގެނެސްދޭނެ ފަހު ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭން ނިންމާފައިވާ ބައޮގްފަރިކަލް ހަނގުރާމަ ފިލްމު "އިއްކިސް" އެވެ. މިއީ އަމީތާބް ބައްޗަންގެ ކާފަދަރި، އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމެވެ.