Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

އަލަށް ދިވެއްސަކަށް އޮކްސްފޯޑް ޔުނިވަސިޓީން ޕީއެޗްޑީ

އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަކަށް ޒުވާން ގާނޫނީ ވަކީލު، އަހުމަދު ޝައްފާން ވެއްޖެ އެވެ.

ޝައްފާނަކީ ރާއްޖޭގެ ޓްރެވެލް އެޖެންސީ ވިޔަފާރީގައި ވަރަށް ފާހަގަކޮށްލެވޭ މުހައްމަދު ފިރާގު އިނަ މޯލްޑިވްސް (ފިރާގު) ގެ ދަރިކަލެކެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ޝައްފާން ިއްޔެ ޕީއެޗްޑީ ހާސިލުރެއްވި ވާހަކަ ފިރާގު ސޯޝަލް މީޑުއާގައި ވެސް ހިއްސާ ކުރައްވައި މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މިހާރު އުމުރުން 30 އަހަރުގެ ޝައްފާނަކީ އޯ ލެވެލް އާއި އޭ ލެވެލް އިން ވެސް ރާއްޖެއިން އެއްވަނަ ހޯއްދަވައިގެން ރައީސްގެ ސްކޮލާޝިޕްގައި 2018 ގައި ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވި ބޭފުޅެވެ. އޭނަ ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސީވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންއިންނެވެ. އޭރު އޭނަ ކޯހިން އެންމެ މަތީ ދަރަޖ ހޯއްދަވައިގެން، 2019ގެ ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ހާސިލުކުރެއްވި އެވެ.

އޭގެ ފަހުން މާސްޓާސް ފުރިހަމަކޮށް، ހޯއްދެއްވި ކާމިޔަބީއާ އެކު 319 ދަރިވަރުންނާ ވާދަކޮށްގެން އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ޝައްފާނަށް ލިބިވަޑައިގެންނެވީ 2020 ގަ އެވެ.