Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ޓިކްޓޮކްގައި އުޅޭ އަންހެނަކު ހައްޔަރުކޮށްފި

ޓިކްޓޮކްގައި ހަރަކާތްތެރިވާ އަންހެނަކު ގެއަކަށް ވަދެ، ހަޑި އެއްޗެހި ކިޔައި މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ތިނަދު އަށް ނިސްބަތްވާ އައިމިނަތު ފޭޒްލީން، 49، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:38 ހާއިރު ހުއްދަނެތި ގެއަކަަށް ވަދެ، އެގޭގައި ކުޑަކުދިންތަކެއް ވެސް ތިއްބައި، ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގި މައްސަލައިގައި ކަމަަށެވެ. ކޯޓު އަމުރެއްގެ ދަށުން ފޭޒްލީން ހައްޔަރުކުރީ އިއްޔެ މެންދުރު ފަހު އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.