Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ޔޫކޭގައި ޑިޖިޓަލް އައިޑީ ލާޒިމު ކުރަނީ

އިނގިރޭސިލާތުގައި ޑިޖިޓަލް އައިޑީ ލާޒިމު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއްޔެ "ގްލޯބަލް ޕްރޮގްރެސް އެކްޝަން ސަމިޓް" ގައި އިއުލާން ކުރައްވައި ބޮޑު ވަޒީރު ކެއަ ސްޓާމާ ވިދާޅުވީ ޑިޖިޓަލް އައިޑީ ހަދައި ދޭނީ ހިލޭ ކަމަށާއި މިކަން ވާނީ ވަޒީފާ އަދާކުރާ ކޮންމެ މީހެއްގެ އަތުގައި ވެސް އޮތުން މަޖުބޫރު އެެއްޗަކަށް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީ ކާޑެއް ތައާރަފު ކުރަން ނިންމީ ގަވައިދާ ހިލާފަށް ވަޒީފާ އަދާކުރާ މީހުންގެ މައްސަލަ އާއި ގަވާއިދާ ހިލާފަށް އެތެރެވެ އިނގިރޭސިވިލާތުގައި އުޅޭ މީހުންގެ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ހޯދަން ކަމަށެވެ.

"އެހެންވެ ގާނޫނު ހަދާ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ޑިޖިޓަލް އައިޑީ އަކީ މަޖުބޫރު އެއްޗަކަށް ހަދަން ބޭނުންވޭ." ސްޓާމާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ 2029 ގެ އާންމު އިންތިހާބުގެ ކުރިން ޑިޖިޓަލް އައިޑީ ތައާރަފު ކުރަން ބޭނުންވާ ކަމަށެވެ.