Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ދޫކުރެވެން އޮތީ 10 ގަޑިއިރުތެރޭ 10،000ރ. ދެއްކުމުން

ގެއަކަށް ވަދެ ހަޑި އެއްޗެހި ކިޔައި، މާރާމާރީ ހިންގި މައްސަލައިގައި ތިނަދޫން ހައްޔަރުކުރި ޓިކްޓޮކް ފަންނާނު އައިމިނަތު ފޭޒްލީން ދޫކުރާނީ 10 ގަޑިއިރުގެ ތެރޭގައި ކަފާލާތަށް 10،000ރ. ދެއްކުމުން ކަމަށް ކޯޓުން އަންގައިފި އެވެ.

ފުލުހުން މިއަދު ބުނީ ފޭޒްލީން ކޯޓަށް ހާޒިރު ކުރުމުން، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް 10 ގަޑިއިރުތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓަން އަންގައިފައިވާ ކަމަށެވެ. އަދި އެ މުހުލަތުގެ ތެރޭގައި ފައިސާ ނުބެހެއްޓިއްޖެ ނަމަ 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އަމުރުގައިވެ އެވެ.

ތިނަދޫ ލައިޓްއާގޭ، ފޭޒްލީން، 49، ފުލުހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ މެންދުރު ފަހު އެވެ. އެއީ މިދިޔަ ބުދަ ދިވަހުގެ ރޭ ތިނަދޫގައި ހުއްދަ ނެތި ގެއަކަަށް ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ވެސް ތިއްބައި، ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގި މައްސަލައިގަ އެވެ.