Last Updated: July 6, 11:28
Monday, July 6, 2026
ޚަބަރު

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލެ 1

ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ އަންހެން ސޭޓަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނައި ކަމުގެ މައުލޫމާތު ލިބުނީ މެންދުރު ފަހު 12:45 ހާއިރު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 21 އަހަރުގެ ނޭޕާލްގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.