Last Updated: July 6, 09:58
Monday, July 6, 2026
ޚަބަރު

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ގަ އެވެ.

އެ ފިހާރައިގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 1 ޖެހިއިރު ކަމަށްވާއިރު، އެމްއެންޑީއެފް ފަޔާ ޓީމުން ކުރި މަސައްކަތުން ރޭ ދަންވަރު 2:39 ހާއިރު ވަނީ އަލިފާން ނިއްވާލައިފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މި ހާދިސާގައި ލިބުނު ގެއްލުމެއް އެނގިފައެއް ނުވެ އެވެ.