Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ސެލީނާ އާއި ބެނީ ކައިވެނިކޮށްފި

އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ބައިވެރިޔާ ބެނީ ބްލާންކޯ ކައިވެނިކޮށްފި އެވެ.

އެ މީހުންގެ ކައިވެނީގެ ހަފުލާ އޮތީ އިއްޔެ އެވެ. އެ ހަފުލާގައި ބައިވެރިވެފައި ވަނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިން ކަމަށް މީޑިއާތަކުން ބުންޏެވެ.

ކައިވެނީގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ސެލީނާ އާއި ބެނީ ކައިވެނިކޮށްފައި ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެކަމުގެ އިޝާރާތެއް ވެސް ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސެލީނާ ދީފައި ވަނިކޮށެވެ. ދެހާސް ތޭވީހުގައި ސެލީނާ، 33، އާއި ބެނީ، 37، ރައްޓެހިވުމަށް ފަހު، އެންގޭޖްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ބެނީ އަކީ މިއުޒިކް ޕްރޮޑިއުސަރެކެވެ.