Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ރެލީއެއްގައި ފިތިގެން 39 މީހަކު މަރުވެއްޖެ

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ރޭ ބޭއްވި ބޮޑު ސިޔާސީ ރެލީއެއްގެ ތެރޭގައި ފިތިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ސިޔާސީ ދާއިރާ އަށް މިހާރު ނުކުމެފައިވާ އިންޑިއާގެ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭގެ ސަޕޯޓަރުންތަކެއް ބޭއްވި ކެމްޕޭން ރެލީގައި ފިތިގެން މަރުވި މީހުންގެ އަދަދު 39 އަށް އަރަ އެވެ. އަދ އެއްވުމުގެ ތެރޭގައި އެކި ކަހަލަ އަނިޔާތައްވެގެން ހޮސްޕިޓަލްތަކުއި އަންނަނީ 50 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ވެސް ދެމުންނެވެ.

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވިދާޅުވީ ރެލީގެ ތެރޭގައި ފިތިގެން މަރުވި 39 މީހުންގެ ތެރޭގައި ހިމެނެނީ 17 އަންހެނުންނާއި 13 ފިރިހެނުންގެ އިތުރުން ނުވަ ކުދިން ކަމަށެވެ.

މަރުވި މީހުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި އެއް މިލިއަން ރުޕީސް (11،300 ޑޮލަރު) ދޭން ސަރުކާރުން ނިންމާފައިވާ އިރު، ރެލީގެ ތެރޭގައި ބަޔަކު މަރުވި މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދި ވިޖޭ، 51، ސިޔާސީ ޕާޓީއެއް އުފައްދައި، ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމީ މިދިޔަ އަހަރު އެވެ. އޭނަ މިދިޔަ އަހަރުގެ ފެބްރުއަރީ 2 ގައި އުފެއްދި ޕާޓީގެ ނަމަކީ 'ތަމިލަގާ ވެއްޓްރީ ކަޒަގަމް' އެވެ. ސިޔާސީ ދާއިރާ އަށް އެއްކޮށް ހުސްވާން ނިންމާފައިވާތީ ވިޖޭގެ ވަދާއީ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 9 އަށް ތާވަލުކޮށްފައި އޮތް ޕޮލިޓިކަލް އެކްޝަން ތުރިލާ "ޖާނާ ނަޔަގަން" އެވެ.

މިއީ ބޮޑު ފޭންބޭސްއެއް އޮންނަ އެކްޓަރުގެ ކެރިއަރުގެ 69 ވަނަ ފިލްމެވެ.