Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ޑްރަގް ގެނެސްދީގެން އާމްދަނީ ހޯދާ މީހަކު އުމުރަށް ޖަލަށް

ފައިސާ އަށް ބޭރުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރަށް 2،000،000ރ، އިން މިދިޔަ ބުރާސްފަތި ދުވަހު ޖޫރިމަނާކުރީ ހ.. ސެމޯއާ އިސްމާއީލު ނައުފަލެވެ.

އޭނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތީ ޑިސެންބަރު 18، 2023 ވަނަ ދުވަހުގަ އެވެ. އޭގެ ކުރިން އަހަރެއްހާ ދުވަސް ތެރޭ 14 ފަހަރަކު އޭނާ ރާއްޖެއިން ބޭރަށް މަސްތުވާތަކެތި ހޯދަން ދަތުރުކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިފަލް ހިފަހައްޓައި އޭނާގެ ލަގޭޖު ބަލައިފާސްކުރި އިރު އޭނާ ގެނައި ފޮއްޓެއްގެ ތެރެއިން 994 ގްރާމުގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނުނު ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ފުލުހުންނާއި ކަސްޓަމާ ހަވާލާދީ ބުނެފައިވާ ނައުފަލްފެ ފޮށިން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން. ފުރަތަމަ ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އަައު ފޮށްޓަކަށްވާތީ އެ ފޮށިން ފެނުނު ތަކެއްޗަކީ ފޮށި ގަތްއިރު ވެސް އޭގައި ހުރި ތަކެތި ކަމަށެވެ.

ނަމަވެސް ފަހުން ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާގެ ބޭބެ ބުނެގެން ގެނައި ތަކެތި ކަމަށެވެ. އެވާހަކަ ނައުފަލްގެ ބޭބެ ކޯޓުގައި ހެކިބަސް ދެމުން ދޮގުކޮށްފަ އެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން ނައުފަލު ވަނީ އޭނަ އަކީ ފައިސާއަށް ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ މީހެއް ކަމަށް ފުލުހުންގެ ތަހުގީގުގައި ބުނެ ފައެވެ. އެގޮތުން މަހެއްގެ މައްޗަށް 5،000-10،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ކަމަށާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއްކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް ދީގެން ލިބުނު ފައިސާ އިން ބުނެފައިވެ އެވެ. އާމްދަނީން ކަމުގައި ބެލެވޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ނަައުފަލުގެ މައްޗަަށް 25 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވި އިރު، ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމަ ށްފަހު ޖަލުގައި އޭނަ ހުންނަން ޖެހެނީ 23 އަހަރާއި ދެ މަހާއި 23 ދުވަހަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން އަމުރުކޮށްފައިވެ އެވެ.