Last Updated: July 6, 09:15
Monday, July 6, 2026
ޚަބަރު

ނޭޕާލް އަންހެނަކަށް ހަމަލާދިން މީހާ ބަންދުކޮށްފި

ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުންހުންނަށް ރިޕޯޓުކުރީ އިއްޔެ 12:45 ގަ އެވެ. މި ހަމަލާގައި ޒަހަމްކޮށްލާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތް ކުރާ 21 އަހަރުގެ ނޭޕާލް އަންހެނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު މިއާ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.