Last Updated: June 21, 03:30
Saturday, June 20, 2026
ޚަބަރު

ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ގާސިމް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގޮސްފައިވަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގަ އެވެ.

އުމުރުން 74 އަހަރުގެ ގާސިމްގެ ހާލުކޮޅު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ, ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) އަރުވައިފަ އެވެ.