Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ފަރުހާންގެ '120 ބަހާދޫރް" ގެ ރަސްމީ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ފަންނާނު ފަރުހާން އަޚްތަރު ކުޅުނު އާ ފިލްމު "120 ބަހާދޫރު" ގެ ރަސްމީ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ނޮވެމްބަރު 21 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "120 ބަހާދޫރް" ގެ ޑައިރެކްޓަރަކީ ކަންގަނާ ރަނާވަތުގެ 2022 ގެ އެކްޝަން ފިލްމު "ދާޅަކް" ގެނެސްދިން ރަޒްނީޝް 'ރާޒީ' ގާއީ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "120 ބަހާދޫރު" އަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓާއި ޓްރިގާ ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެވެ.

މީގެ ކާސްޓްގައި ރާޝީ ކަންނާ އާއި ވިވިއަން ބަޓޭނާ އަދި އަންކިތު ސިވަޗް ވެސް ހިމެނެ އެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވި ފަރުހާން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ އޭނަގެ އެކްޓިން ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށްވާ 2013 ގެ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝްގެ 2021 ގެ "ތޫފާން" އެވެ.

"ދިލް ޗާތާ ހޭ" އާއި "ޑޮން" ގެ ދެ ފިލްމުގެ ޑައިރެކްޓަރު ފަރުހާންގެ ކުރިއަށް އޮތް ޑައިރެކްޝަަނަކީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޑޮން 3" އެވެ.