Last Updated: July 6, 06:00
Monday, July 6, 2026
ޚަބަރު

އެެތެރެ ކުރުން މަނާ ތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ރާއްޖެ އެެތެރެކުރުން މަނާ ތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށް، ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކުގައި ބޭނުންކުރާ ޗެނަލްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. މި މައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗާއި ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.