ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސް ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ވީޑިއޯ ދައުރު ކުރުމަކީ މި އަމަލުގެ ސަބަބުން ޝިކާއަރަކަށް ވެފައިވާ ކުއްޖާ ރީ ވިކްޓިމައިޒްވެ، ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި ވީޑިއޯ އިތުރަށް ޝެއާކޮށް، ދައުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.