ރައީސް އޮފީހުގެ މުވައްޒަފުން އަލިފާނަށް ހޭލުންތެެރި ކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ޓްރެއިނިން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދީފައިވެ އެވެ. އަދި އެ ސެޝަނުގައި ރައީސް އޮފީހުގެ މުވައްޒަފުންނަށް، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށް ދީފައިވެ އެވެ.
ސެޝަނުގައި ރައީސް އޮފީހުގެ 55 މުވައްޒަކު ބައިވެރިވިއެވެ.
ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔަ ފައިޓަރުންނެވެ.