Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޓާޓޯގެ ސީއީއޯއަކަށް ބައްސާމް އައްޔަންކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އާ ސީއީއޯއަކަށް ބައްސާމް އާދަމް އައްޔަންކޮށްފި އެވެ.

މިކަން ހާމަކޮށް އެ ޖަމިއްތާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައްސާމަކީ ޓޫރިޒަމް ދާއިރާގެ 20 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި އޭނަގެ ލީޑްޝިޕްގެ ދަށުން މަޓާޓޯގެ މަސައްކަތްތައް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ ސީއީއޯއަކަށް ބައްސާމް އައްޔަންކުރީ މަޓާޓޯއެއް ސީއީއޯއެއް ހޯދަން މި މަހުގެ 8 ގައި ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނާ އިންޓަވިއުއޮށް ހޮވިގެން ކަމަށެވެ.

ބައްސާމަކީ ވިޒިޓް މޯލްޑިވްސް، ކުރީގެ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް އެތަނުގެ މުވައްޒަފަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ކުރެވިފައި ވަނިކޮށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ.

މަޓާޓޯ އަށް އާ ސީއީއާ އެކު އައްޔަންކުރި އެ މަގާމަށް މިދިޔަ އަހަރުގެ އައްޔަންކުރި އައިމިނަތު ސޫޒަން މި މަހުގެ 8 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ އަކީ މަޓާޓޯގެ ފުރަތަމަ އަންހެން ސީއީއޯ އެވެ.