Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ސިޑްނީ ސްވީނީ އަށް ބޮލީވުޑުން ހުށަހެޅުމެއް

"ވައިޓް ލޮޓަސް" އާއި "ޔުފޯރިއާ" ފަދަ މަގުބޫލު ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ ޒުވާން ބަތަލާ ސިޑްނީ ސްވީނީ އަށް ބޮލީވުޑުން ބޮޑު ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

'ސަން' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އަށް އުފަން 28 އަހަރުގެ ބަތަލާ އަށް ބޮލީވުޑްގެ ސްޓޫޑިއޯއަކުން ހުށަހަޅާފައި ވަނީ 530 ކްރޯޑް ރުޕީސް (5.9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމުން ސްވީނީ އަށް ފީއެއްގެ ގޮތުގައި 115 ކްރޯޑް ރުޕީސް (1.30 މިލިއަން ޑޮލަރު) ދޭން ވެސް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް އޭނަ އަށް އެ ޕްރޮޖެކްޓް ހުށަހެޅީ ސީދާ ކޮން ޕްރޮޑަކްޝަން ހައުސްއަކުން ކަމެއް ހާމަކޮށްފަ އެވެ. އެކަމަކު އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ސެލެބްރިއަކާއި އެމެރިކާގެ ފިލްމީ ބަތަލާއަކާ ދެމެދު އުފެދޭ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ބޮލީވުޑުން ލިބުނު ހުށަހެޅުން ގަބޫލުކުރުމާ މެދު ސްވީނީ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަ،މަށެވެ.

ޖޫންގައި ގެނެސްދިން ތުރިލާ ފިލްމު "އެކޯ ވެލީ" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބައޮގްރަފިކަލް ސްޕޯޓްސް ފިލްމު "ކްރިސްޓީ" އެވެ.

ސްވީނީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"، "ނައިޓް ޓީތު"، "ރިއަލިޓީ"، "އެމެރިކާނާ" އަދި "އެނީވަން ބަޓް ޔޫ" ހިމެނެ އެވެ.