ހުޅުމާލޭގެ ކުރިމަގުގެ ތަރައްގީގީ ޕްލޭނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް "ހިޔާލުން ހުޅުމާލެ" ގެ ނަމުގައި އަންނަ މަހު ފޯރަމެއް ކުރިއަށް ގެންދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ނިންމައިފި އެވެ.
މި ފޯރަމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 13-15 އަށެވެ. އެހެންވެ އޭގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނީ މި ފޯރަމަކީ ހުޅުމާލޭގެ ތަރައްގީގައި، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓާޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ.
ހުޅުމާލެ އަކީ ރާއްޖޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އަދި އާބާދީ ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ތަނެވެ.