Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ފަންނުވެރިން ދަފުތަރުވާން ހުޅުވާލައިފި

ރާއްޖޭގެ ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފަންނުވެރިންގެ ދަފުތަރެއް އެކުލަވާލުމުހެ ބޭނުމަކީ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށް ދިނުމުގެ މަސައްކަތް ހަރުދަނާ ގޮތެއް ކުރިއަށް ގެންދަން މަގުފަހި ކުރުމެވެ.

އެހެންވެ ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު" އާ އެއްގޮތަށް ދަފުތަރުވުމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އެދިފަ އެވެ.

ރަޖިސްޓްރީވާނީ މި ލިންކް shorturl.at/6FyiX މެދުވެރިކޮށެވެ.

ފަންނުވެރިންގެ ދަފުތަރަށް ހުޅުވައިލި އިރު، ފަންނުވެރިންނަށް އެހީވާން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައު ތައާރަފުކޮށްފައިވެ އެވެ. ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބަލަހައްޓާ މި ފަންޑުން އެހީތެރިވެ ދޭން ނިންމާފައި ވަނީ ފިލްމް އުފައްދާ ފަރާތްތަކާއި މިއުޒިކް އުފައްދާ ފަރާތްތައް އަދި ކްރިއޭޓިވް ކޮންޓެންޑް އުފައްދާ ފަރާތްތަކާއި އާޓް އެންޑް ކްރާފްޓް ފަރާތްތަކަށެވެ.

ފަންޑްގެ ދަށުން އިއްޔެ ވަނީ ލޯނު ދޫކުރަން ހުޅުވާލައިފަ އެވެ.