Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވިޒިޓް މޯލްޑިވްސް އިން މަހާސިންތާއެެއް ބާއްވަނީ

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ސަރުކާރުގެ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާއްސަ މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.

'ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް' ގެ ނަމުގައި ބާއްވާ މަހާސިންތާ އޮންނާނީ އަންނަ ބުދަ ދުވަ އެވެ.

މި މަހާސިންތާ އަކީ، އަން ނައަހަރު ޓޫރިޒަމް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، މަސައްކަތްތެރީންނާއި، މީޑިއާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ މަހާސިންތާއެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މަހާސިންތާގެ ތެރޭގައި ތަފާތު ސެގްމެންޓތައް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ޕްރެޒެންޓޭޝަންތައް ހުށަހަޅައި ދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މަހާސިންތާގެ ތެރޭގައި އެ ކުންފުނިން އަންނަ އަހަރަށް އެކުލަވައިލާފައިވާ 'ޑެސްޓިނޭޝަން މާކެޓިން ޕްލޭން" ވެސް ހުށަހެޅުން އޮންނާނެ ކަމަށެވެ.