ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އިތުރު ދެ ފޮތެއް ނެރެފި އެވެ.
އިއްޔެ ހަވީރު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނެރުނީ "ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ނަމުގައި ލިޔުއްވި ފޮތަކާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ލިޔުއްވި ފޮތެކެވެ.
އެ ދެ ފޮތް ނެރެދެއްވީ ސުއޫދާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
ސުއޫދުގެ އާ ފޮތް ގަންނަން ލިބެނީ ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށެވެ. އެ ތަނާ ގުޅޭ ނަންބަރަކީ 3013200 އެވެ.