މަގެއްގެ ޒިބްރާ ކްރޮސް މަތިން ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި އެ ސައިކަލުގެ ދުއްވީ މީހާހެ މައްޗަށް ދައުވާކޮށް ދޭން އެދި ފުުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ދައުވާކޮށް ދޭން އެދުނީ ލ. ފޮނަދޫ، ހޯރަވިލާ، މުޙައްމަދު ނައުސާން، 37، ގެ މައްޗަށެވެ.
އޭނަ ރަށުގައި މިދިޔަ މަހުގެ 15 ދުވަހު ބާރު ސްޕީޑްގައި ދުއްވި ސައިކަލުން މަގު ހުރަސް އުޅުނު ދެ އަންހެންގެ ޖެހިފައިވެ އެވ. އެ ހާދިސާގައި މަރުވީ 64 އަހަރުުގެ އަންހެނެކެވެ. އެ މީހާ މަރުވީ ލ. ގަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން ނައުސާން ހައްޔަރުކުރީ އޮގަސްޓު 16 ގަ އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ. ފުުލުހުން ބުނީ އޭނަ އަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެެއް ކަމަށާއި ނައުސާންގެ ލައިސަންސް ވެސް ނޯންނަ ކަމަށެވެ.
އޭނަގެ މައްޗަށް ދައުވާކޮށް ފުލުހުން ޕީޖީ އަށް ފޮނުވީ މި މަހުގެ 25 ގަ އެވެ. އަދި އެ މައްސަލަ އެތަނުން ބަލައިގަތީ އިއްޔެ އެވެ.