ރ. އަލިފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗެއް ގާއިމު ކުރަން ބިންގާ މިއަދު އަޅައިފި އެވެ.
ބިންގާ އަޅުއްވައި ދެއްވީ، އެކަމަށްޓަކައި ބޭއްވޖ ރަސްމީއްޔާތެއްގައި ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. އެ ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އަލިފުށީ ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ބޭންކްގެ އާ ބްރާންޗާ އެކު އަލިފުއްޓަށް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.