Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ނައިފަރު ބަނދަރު ތަރައްގީ ކުރަން ހަވާލުކޮށްފި

ޅަ. ނައިފަރުގެ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފަރާތުން އެއްބަސްވުމުގަ ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އެމްޓީސީސިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ އެވެ.

ނައިފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރާނެ އެވެ.

މި މަސައްކަތް އެމްޓީސީއާ ހަވާލުކުރީ އެއް އަހަރުން ނިންމާ ގޮތަށް 47.50 މިލިއަން ރުފިޔާއަށެވެ.