Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބެޑްމިންޓަން ފިއެސްޓާ އަށް ރަޖިސްޓްރީވުމުގެ ވަގުތު ހަމަވަނީ

އައްޑޫ ސިޓީ ކައުންސިލުން ބާއްވަން ނިންމި "ބެޑްމިންޓަން ފިއެސްޓާ" ގައި ބައިވެރިވާން ދިން ސުންގަޑި މާދަމާ އަށް ހަމަވާނެ އެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގައި ހިތަދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގަ އެވެ.

ކައުންސިލުން ބުނީ "އައްޑޫ ބެޑްމިންޓަން ފިއެސްޓާ" އަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އައްޑޫގައި ބެޓްމިންޓަން ފިއެސްޓާއެެއް ބާއްވަން ނިންމި އިރު، މިއީ އައްޑޫގެ އެކި އުމުރުފުރާތަކުގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކުޅިވަރަކެވެ.